


%20(2).jpeg?w=3840&q=75)





-
އިންޑިއާގެ ވައިގެ ސަރަހައްދަށް އަސްކަރީ ޑްރޯންތަކެއް ވަދެފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރަން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ޑްރޯންތަކާއި އެކު އިންޑިއާގެ ބައެއް ސަރަހައްދުތަކުން މިހާރު ވަނީ ކަރަންޓު ކަނޑާލާފައި އެވެ. އެގޮތުން ގުޖުރާތުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަރްޝް ސަންގަވީ ވަނީ އުޑުމަތިން ޑްރޯންތައް ފެނުމާ އެކު ހުޅަނގު އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ކަޗް ޑިސްޓްރިކްޓުން އެއްކޮށް ކަހަލަ ގޮތަކަށް ކަރަންޓު ކަނޑާލަން އަންގާފައިވާކަމަށް ވިދާޅުވެފައި އެވެ.
ކަރަންޓު ކަނޑާލައި އެއްކޮށް ސަރަހައްދު އަނދިރިކޮށްލުމަކީ މިފަދަ ޑްރޯންތައް ވައްޓާލުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ގެންގުޅެމުން އަންނަ އުކުޅެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނުތާ ގަޑިއިރުތަކެއް ފަހުން އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ބޮޑު ދެ ސިޓީގައި ބާރުގަދަ ގޮވުންތަކެއް އަޑު އިވިފައި އެވެ.



%20(2).jpeg?w=3840&q=75)



