


%20(2).jpeg?w=3840&q=75)





--
އިންޑިއާ ޕާކިސްތާނާއި ދެމެދު ހަމަލާބަދަލުކުރުންތައް ނިމުމަކަށް އައުމާއި އެކު ޕާކިސްތާނުން އެގައުމުގެ ވައިގެ ސަރަހައްދު ހުރިހާ އެއާލައިނަކަށް ހުޅުވާލައިފި އެވެ.
މިކަން ހާމަކުރީ ދާދި ދެންމެ އަކު ޕާކިސްތާނުން ނެރުނު ބަޔާނެއްގައި އެވެ. އެގޮތުން ޕާކިސްތާނުން މީގެ ކުރީން ވަނީ އެގައުމުގެ މައި އެއާޕޯޓުތައް ބަންދުކޮށްފައި އެވެ. އޭގެ ތެރޭގައި ލާހޯރާއި ކާރާޗީ ހިމެނެއެވެ. ވައިގެ ސަރަހައްދު ބަންދުކުރުމުގެ އިތުރުން ޕާކިސްތާނުގެ ގައުމީ އެއާލައިން ހިމެނޭހެން ބައެއް އެއާލައިންތަކުގެ ދަތުރުތައް ވެސް މެދުކަނޑާލިނަމަވެސް މިހާރު އަލުން ދަތުރުތައް ފަށަން ނިންމާފައިވާކަން ބައެއް އެއާލައިންތަކުން އަންނަނީ ހާމަކުރަމުންނެވެ.
އެމެރިކާ އިސްވެ އޮވެ ކުރިޔަށް ގެންދިޔަ ފުޅާ މަޝްވަރާތަކާއި އެކު އިންޑިއާއި ޕާކިސްތާނާއި ދެމެދު ހަމަލާބަދަލުކުރުންތައް ވަގުތުން ހުއްޓާލަން ދެގައުމުން އެއްބަސްވެސް މިހާރު އެކަން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައި އެވެ.
ޕާކިސްތާނުގެ ގައުމީ އެއާލައިންގެ ތަރުޖަމާނު ވިދާޅުވީ ގްރައުންޑްކޮށްފައިވާ އިންޓަނޭޝަނަލް ފްލައިޓްތައް އަލުން ފަށާނީ އެގައުމުގެ ގަޑިން މިރޭ 10 ޖަހާއިރު ކަމަށެވެ.



%20(2).jpeg?w=3840&q=75)



