


%20(2).jpeg?w=3840&q=75)





އިންޑިއާއި ޕާކިސްތާނާއި ދެމެދު ހަމަލާތައް ހުއްޓާލަން ދެގައުމުން މިރޭ އެއްބަސްވެފައި ވަނިކޮށް އިންޑިއާގެ ބާރުގެ ދަށުގައި އޮތް ސްރީނަގަރުގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސްރީނަގަރުގައި ބާރުގަދަ ގޮވުމެއްގެ އަޑާއިކު އެސަރަހައްދުގެ ރައްޔިތުންގެ މެދުގައި އަނެއްކާވެސް ބިރުވެރިކަމާއި ނުތަނަވަސްކަން ވަނީ އުފެދިފައި އެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް ދެގައުމުން ވެސް ބަހެއް ބުނެފައި ނުވާއިރު މިއީ ނިރުބަވެރިން ދިން ހަމަލާއެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށް އިންޑިއާގެ ބައެއް ރިޕޯޓުތައް ބުނެއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ހަމަލާބަދަލުކުރުންތައް ހުއްޓާލަން ދެގައުމުން އެއްބަސްވި ނަމަވެސް ކަޝްމީރުގައި ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ބަޑީގެ ހަމަލާތައް ބަދަލުކުރާ އަޑުތައް އިވެމުންދާކަމަށް އެސަރަހައްދުގެ މަސްދަރުތަކުން ވަނީ އެ އޭޖެންސީއަށް ކަށަވަރުކޮށްދީފައި އެވެ.



%20(2).jpeg?w=3840&q=75)



