




.jpg?w=3840&q=75)



--
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި ކުރީގެ އަސްކަރީ ކޮމާންޑަރު މުހައްމަދު ބަގޭރު ޣާލިބާފް ލުބުނާނަށް ވަޑައިގެންފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މުހައްމަދު ބަގޭރު ޣާލިބާފް ލުބުނާނަށް ވަޑައިގެންނެވީ މިހާރު ޔަހޫދީން އިޒްރޭލަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ލުބުނާނަށް އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ ތާއީދު އޮތްކަން ދައްކާލުމަށެވެ.
އެގޮތުން މުހައްމަދު ބަގޭރު ޣާލިބާފް ގެ މި ދަތުރުފުޅުގައި ލުބުނާނުގެ ގަނޫނު ހަދާ އަމާލް މޫވްމަންޓްގެ ލީޑަރު ނަބީހް ބެރީއާ ބައްދަލުކުރައްވާފައިވާކަން ރިޕޯޓުތައް ބުނެއެވެ.
ލުބުނާނުގެ ވެރިރސށް ބެއިރޫތަށް ވަޑައިގަތުމަށްފަހު އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ބަގޭރު ޣާލިބާފް ވިދާޅުވީ، އޭނާ ލުބުނާނަށް ވަޑައިގެންނެވީ ލުބުނާނުގެ ރައްޔިތުންނަށް އިރާނުގެ އެންމެ މަތީ ލީޑަރު އަދި އީރާނުގެ ރައީސްގެ މެސެޖެއް ލުބުނާނުގެ ރައްޔިތުންނަށް ދިނުމަށް ކަމަށެވެ. އެގޮތުން އިރާނުން ދޭނެ ޔަގީން ކަމަކީ ލުބުނާނުގެ ރައްޔިތުންނާއި އެކު އިރާނު އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން ކަަމަށެވެ.
ޣާލިބާފް ލުބުނާނު ދަތުރުފުޅަށްފަހު ދެން ފުރާވަޑައިގަންނަވަނީ އިންޓަރ ޕާލަމެންޓްރީ ޔޫނިއަންގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ޖެނީވާއަށެވެ.








