.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)



އޮކްޓޯބަރު 2 ގައި ރިލީޒްކުރާ "ދްރިޝްޔަމް 3" އިން ވިޖޭ ސަލްގާއޯންކަރް އާއި އޭނާގެ އާއިލާ ސަލާމަތްކުރުމަށް ކުރާ އެންމެ ފަހުގެ މަސައްކަތް ފެނިގެންދާނެ
ބޮލީވުޑްގެ އެންމެ ކާމިޔާބު ކްރައިމް-ތްރިލާ ފްރެންޗައިޒް ކަމަށްވާ "ދްރިޝްޔަމް" ގެ ތިންވަނަ އަދި އެންމެ ފަހު ބައި، "ދްރިޝްޔަމް 3: ދަ ކޮންކްލޫޝަން" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފަހަރުވެސް އަޖޭ ދޭވްގަން (ވިޖޭ ސަލްގާއޯންކަރް) އޭނާގެ އާއިލާ ސަލާމަތްކުރުމަށްޓަކައި ނުކުންނަ މަންޒަރު ޓްރެއިލާއިން ފެނިގެންދެއެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ، ފިލްމުގެ ވާހަކައާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތާރީޚެއް ކަމަށްވާ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
މި ފަހަރުގެ ފިލްމުން ފެނިގެންދާނީ ކުރީގެ ފިލްމުތަކަށްވުރެ މާ ނުރައްކާތެރި އަދި ވަރުގަދަ ކުރިމަތިލުންތަކެކެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި، ތައްބޫ (މީރާ ދޭޝްމުކް) އޭނާގެ ދަރިފުޅަށް އިންސާފު ހޯދުމަށްވުރެ ބޮޑަށް މިހާރު ބޭނުންވަނީ ވިޖޭގެ ކިބައިން ބަދަލުހިފާށެވެ.
މީގެ އިތުރުން މި ފަހަރުގެ އެންމެ ބޮޑު ސަމާލުކަމެއް ހޯދާފައިވަނީ ފިލްމާ އަލަށް ގުޅުނު މަޝްހޫރު އެކްޓަރު ޖައިދީޕް އަހްލާވަތު އެވެ. އޭނާ ފެނިގެންދާނީ ވިޖޭގެ އާއިލާއަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށްވާ، ކްރައިމް ބްރާންޗުގެ އެސްޕީ ރާޖްވީރް ސިންގް ތޯމަރުގެ ރޯލުންނެވެ. އޭނާގެ އިތުރުން މަޝްހޫރު އެކްޓަރު ޕްރަކާޝް ރާޖް ވެސް ތައްބޫގެ ފަރާތުން ވަކާލާތުކުރާ މޮޅު ލޯޔަރެއްގެ (އިންދްރަޖިތު ޝެޓީ) ރޯލުން ފެނިގެންދާނެއެވެ.
ފިލްމުގެ ކާސްޓުގައި އަޖޭ ދޭވްގަން އާއި ތައްބޫގެ އިތުރުން، ޝްރިޔާ ސަރަން، އިޝިތާ ދައްތާ، މްރްނާލް ޖާދަވް އަދި ރަޖަތު ކަޕޫރު ވެސް އެނބުރި އަންނާނެއެވެ.
ޑައިރެކްޓަރު އަބީޝެކް ޕާތަކް ޑައިރެކްޓްކުރާ މި ފިލްމާ ގުޅޭގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، މިއީ މަލަޔާލަމް "ދްރިޝްޔަމް" ގެ ސީދާ ކޮޕީއަކަށް ނުވާނެކަމެވެ. ޕްރޮޑިއުސަރުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، "ދްރިޝްޔަމް 2" ނިމުނު ހިސާބުން ފެށިގެން، ހިންދީ ފިލްމުގެ ވާހަކަ ދާނީ މުޅިން ތަފާތު މިސްރާބަކަށެވެ. އެހެންކަމުން މަލަޔާލަމް ފިލްމު ބަލާފައިވާ މީހުންނަށްވެސް މިއީ މުޅިން އާ، އަދި ސިހުންގެނުވާފަދަ ތަޖުރިބާއަކަށް ވާނެއެވެ.
https://youtu.be/MFQFxsDWbA8?si=lHQ-nvl-mEcLP6qa
.jpg?w=3840&q=75)



