.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)


.jpg?w=3840&q=75)
-
ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ޒުވާނުން ޤުރުއާން ހިތުދަސްކުރުމަކީ ރާއްޖޭގެ މުސްތަޤުބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ވަޒީރު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގައި މިވަގުތާ ހަމައަށް ޙާފިޡުންގެ އަދަދު 322 އަށް އަރާފައިވާ ކަމަށާއި، އަންނަ ރޯދަމަހު އިތުރު ގިނަ އަދަދެއްގެ ޙާފިޡުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި ތިބި ޙާފިޡުންގެ އަދަދު 500 އަށް އިތުރުކުރުން ކަމަށްވެސް ވޒަީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޙާފިޡުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ދައުލަތުން ދެމުން އަންނަ ޚާއްޞަ ޢިނާޔަތް ދެގުނައަށް ބޮޑުކޮށްދެއްވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2,000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. މީގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން ދަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި ޢިލްމު އިންސްޓިޓިއުޓްގައެވެ.
މުޅި ރާއްޖެއަށް ޤުރުއާނުގެ ޢިލްމު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން މިހާރު 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޚިދުމަތް ދޭން ފަށާފައިވާއިރު، އިތުރު 20 ތަނެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތާއި، 38 ތަނެއް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ސަރުކާރުގެ ލަނޑުދަނޑިއަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި މަޝްރޫޢު ފުޅާކޮށް ޚިދުމަތް ފޯރުކޮށްދިނުމެވެ.
.jpg?w=3840&q=75)




.jpg?w=3840&q=75)


