
ފަލަސްތީނުގެ ހައްގުގައި ސައިކަލު ބުރެއް
ފަލަސްޠީނުގެ ޙައްޤުގައި ހުޅުމާލޭގައި ސައިކަލް ރެލީއެއް ބޭއްވުމަށް އިސްރާ އެސޯސިއޭޝަނުން ނިންމައިފި އެވެ.
އެ އެސޯސިއޭޝަނުން ބުނީ މި ރެލީއަކީ ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ޔަހޫދީ ޒައިނިސްޓުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށްދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަދި ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ބާއްވާ ރެލީއެއް ކަމަށެވެ.
އެގޮތުން މި ރެލީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު 04:15 ގައި ހުޅުމާލޭގައި އެވެ. ރެލީ ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުންނެވެ.
މި ސައިކަލް ރެލީގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަކީ އެއްވުން އިންތިޒާމްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވަރަށްބޮޑު އެދުމެކެވެ.
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ނިމިގެން ދިޔަ ހަފްތާގައި ޔަހޫދީ ޒައިނިސްޓް ހަނގުރާމަވެރިން ވަނީ ރަފަހު ސިޓީގައި ބޮޑު ލާއިންސާނީ ގަތުލުއާންމެއް ހިންގާފައެވެ. ގޯތި ގެދޮރުތައް ތަޅާލުމުގެ ސަބަބުން މަގުތައް މަތީ ދިރިއުޅެއްޖެހިފައިވާ އެތަށް ސަތޭކަ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ތިބި ފޭލިގެ ތަކެއްގައި ހުޅުޖަހާ ވަނީ އަންދާލަފައެވެ.
ޔަހޫދީން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 37,000 އާއި ގާތް ވެފައި އެވެ.

.jpg?w=3840&q=75)




.jpg?w=3840&q=75)






.jpg?w=3840&q=75)


