








ޚުޅުދުއްފުށި| Kulhudhuffushi
ހދ. ކުޅުދުއްފުށި ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޅުދުއްފުށީ ގެއެއްގައި މީހަކު ފާހަނައަށް ވަދެ ނުނިކުމެ ގިނައިރުވެގެން ބެލިއިރު، ފާހަނާތެރެއަށް ވެއްޓިފައި އޮތް މީހަކު ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 10:30 ހާއިރު ފުލުހުންނަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަށް އެމީހާ ގެންދިޔަ އިރުވެސް އެމީހާ ނިޔާވެފައިވާކަމަސް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ނިޔާވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.




