
Mariyiam_Riyasa_438275e608
މަކަރާއި ހީލަތުގެ މައްސަލައެއްގައި ދިވެހި އަންހެނަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ، މިމައްސަލައަކީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއް ކަމަށެވެ. އެގޮތުން މިމައްސަލައާއި ގުޅިގެން ހޯދަމުންދާ އަންހެން މީހާ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ، ކ. މާލެ / ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ (40އ) އވެެ.
އޭނާ ހާޒިރުވާން ޖެހެނީ، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން، 2023 އޮގަސްޓް 28 ވަނަ ދުވަހުގެ 11:30 އަށެވެ.












