
viber_image_2020-08-22_11-07-52
ލ. މާވަށް އަދި ތ. ވިލުފުށީގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން، ލ. މާވަށު ޕޮލިސް ސްޓޭޝަނުން ރޭ ހިންގި އެ އޮޕަރޭޝަނުގައި 21 އަހަރުގެ މީހަކު، ގެއެއްގެ ތެރެއިން ހައްޔަރުކޮށް ބަލައިފާސްކޮށްފައިވާއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ވިލުފުށީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހު 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް 15 ދުވަސް ވިލުފުށީ މެޖިސްޓްރޭޓް ކޯޓުން ދީފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.












