








ސިދާތް މަލްހޯތްރާ އަދި ތަމަންނާ ބާޓިއާ. 'ދަ ވިއާން' ގެ އައު ލަވަ 'ސަމްޖޯ ނާ' ގައި މި ދެ ތަރިން ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެނިގެންދާއިރު، ދެމީހުންގެ ކެމިސްޓްރީއަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުން.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސިދާތް މަލްހޯތްރާ އާއި ކުޅަދާނަ ބަތަލާ ތަމަންނާ ބާޓިއާ ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެނިގެންދާ އައު ލަވަ 'ސަމްޖޯ ނާ' ރަސްމީކޮށް ރިލީޒްކޮށްފިއެވެ.
މިއީ 'ދަ ވިއާން' ފިލްމުގެ ހިތްގައިމު ލޯބީގެ ލަވައެކެވެ.
މިއީ މި ދެ އެކްޓަރުން އެކުގައި މަސައްކަތް ކުރި ފުރަތަމަ ފަހަރު ނަމަވެސް، ލަވައިގެ ވީޑިއޯއިން ދެ އެކްޓަރުންގެ މެދުގައިވާ ފުރިހަމަ ރޮމޭންޓިކް ކެމިސްޓްރީ ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ.
ލަވަ ރިލީޒްކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ލަވައަށް ލިބިފައެވެ. ޚާއްޞަކޮށް ސިދާތް އަދި ތަމަންނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މި ލަވައަށް ތައުރީފުކުރަމުންނެވެ.
މި ލަވައަކީ އަޑުއަހާލަން ހިތްގައިމު، ފުން އިހުސާސްތަކެއް އެކުލެވޭ ލަވައެއްކަމަށް ބެލުންތެރިން އަންނަނީ ފާހަގަކުރަމުންނެވެ. އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރު ނަމަވެސް، ވީޑިއޯއިން ދެ ތަރިންވެސް ފެންނަނީ ވަރަށް ގުޅޭ، އަދި އެހާމެ ފުރިހަމަ ގޮތަކަށެވެ.




