
މަޝްހޫރު ބަތަލާ ކަރިޝްމާ ތަންނާ އަދި ފިރިމީހާ ވަރުން ބަންގޭރާ
އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި މަގުބޫލުކަން ހޯދާފައިވާ ބަތަލާ ކަރިޝްމާ ތަންނާ، އޭނާގެ އަލަތު ފިރިހެން ދަރިފުޅުގެ ނަން ރަސްމީކޮށް އާންމުންނާ ހިއްސާކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ހިތްގައިމު ޕޯސްޓެއްގައި ކަރިޝްމާ ބުނެފައިވަނީ، އޭނާގެ ތުއްތު ދަރިފުޅަށް ދީފައިވާ ނަމަކީ 'ވޭދް ތަންނާ ބަންގޭރާ' ކަމަށެވެ. މިއީ ކަރިޝްމާ އާއި އޭނާގެ ފިރިމީހާ ވަރުން ބަންގޭރާއަށް ލިބުނު ފުރަތަމަ ދަރިފުޅެވެ.
މި އުފާވެރި ޚަބަރު އާންމުކުރުމާއެކު، އޭނާގެ ސަޕޯޓަރުންނާއި ފިލްމީ ދާއިރާގެ އެކުވެރިން އަންނަނީ ސޯޝަލް މީޑިއާގައި ކަރިޝްމާގެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. އަދި ތުއްތު ވޭދް އަށް ލޯބިން ފުރިގެންވާ ހެޔޮއެދުންތަކާއި ދުޢާތައް ގިނަ ބަޔަކު އަންނަނީ ފޮނުވަމުންނެވެ.












