
34B238BD-B28A-4314-B9B4-34731A4F4C5F
މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭ ތިނަދޫ ސިޓީއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހިި ފިރިހެނެކެވެ. ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި މިމީހާ ހައްޔަރު ކޮށްފައި ވަނީ މަސްތުވާ ތަކެެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ އޭގެން ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތތުގައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން އޭނާ ހިފަހައްޓާ ބެލި ބެެލުމުން މަސްތުވާތަކެެތިކަމަށް ޝައްކުކުރެވޭ އެެއްޗެހި ހުރި 12 ރަބަރު ކޮތަޅު ފެެނިފައިވެއެވެ.
މި މައްސަލަ ތިނަދޫ ސިިޓީ ޕޮލިސް ސްޓެޝަންއިން އަންނަނީ އިތުރަށް ތަހުޤީގް ކުރަމުންނެވެ.
ހައްޔަރު ކުރި މީހާ ކޯޓަށް ހާޒިރު ކުރުމުން މީނާގެ ބަންދަށް ތިނަދޫ ސިޓީ ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފައެެވެ.












