
Abdulla-Shahid
ދިވެހިރާއްޖެއާއި މިސްރާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާމެދު މަޝްވަރާކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު މިސްރުގެ ޚާރިޖީ ވަޒީރާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފޯނުން ވާހަކަ ދެއްކުމަށްފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރ ޝާހިދުގެ ޓުވީޓުގައި ވިދާޅުވީ، ދިވެހިރާއްޖެއާއި މިސްރާއި ދެމެދު އޮންނަ ގާތް އަދި ތާރީޚީ ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވެވި ކަމަށާއި، ރާއްޖެއާއި މިސްރުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
ދިވެހިރާއްޖެ އާއި މިޞްރާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވާތާ މި އަހަރު 54 އަހަރު ވަނީ ފުރިފައެވެ.
ދިވެހިރާއްޖެ އާއި މިޞްރާ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރެވުނީ 12 ފެބްރުއަރީ 1969 ގައެވެ.












