
L2IU2SE4iLIbZriivHxO
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
29 އޮކްޓޯބަރު 2022 އިން 4 ނޮވެމްބަރު 2022 އަށް މިނިސްޓަރ ޝާހިދު ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް ދަ އާރޓް އޮނަރަބަލް ޖޭމްސް ކްލެވަރލީ ހިމެނޭގޮތަށް އިނގިރޭސިވިލާތުގެ އާ ލީޑަރޝިޕާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު، ބޮޑުވަޒީރުގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ފޮރ ޕްރިވެންޓިންގ ޖިންސީ އަނިޔާ އިން ކޮންފްލިކްޓް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ މިޑްލް އީސްޓް، ސައުތު އޭޝިއާ އެންޑް ޔުނައިޓެޑް ނޭޝަންސް ލޯޑް އަޙްމަދު އޮފް ވިމްބަލްޑަން، މިނިސްޓަރ ފޮރ އޭޝިއާ، އެނަރޖީ، ކްލައިމެޓް އެންޑް އެންވަޔަރަންމަންޓް ދަ އާރޓް އޮނަރަބަލް ލޯޑް ގޯލްޑްސްމިތު އާއި އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް އާއި ހައުސް އޮފް ލޯޑްސްގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އޮކްސްފޯޑް ޔޫނިއަން ސޮސައިޓީގައި "ފިއުޗަރ އޮފް މަލްޓިލޭޓަރަލިޒަމް" މި މައުޟޫއަށް މިނިސްޓަރު ޝާހިދު ތަގުރީރު ކުރައްވާނެ އެވެ.
މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.




.jpeg?w=3840&q=75)




.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)

