
އެމްއެންޑީއެފުން ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ "އައްޑަނަ" މަޖައްލާގެ 32 ވަނަ އަދަދު ނެރެފި
# އެމްއެންޑީއެފް# 03 ނޮވެމްބަރު 19884137
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސިފައިންގެ މަޖައްލާ، "އައްޑަނަ" ގެ 32 ވަނަ ޢަދަދު، މިއަދު ޝާއިޢުކޮށްފިއެވެ.

އެމްއެންޑީއެފުން ކޮންމެ އަހަރަކު ދެފަހަރު ޝާއިޢު ކުރަމުން އަންނަ އައްޑަނަ މަޖައްލާއަކީ، ސަރުކާރުގައި ރަޖިސްޓްރީކޮށްގެން 2007 ވަނަ އަހަރުން ފެށިގެން އާންމުކޮށް ނެރެމުން އަންނަ މަޖައްލާއެކެވެ. މިގޮތުން މި މަޖައްލާ ޝާއިޢުކުރަމުން ދަނީ ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާއި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައެވެ.
މިއަދު ނެރުނު ޢަދަދުގެ ތީމަކީ، "ދިފާޢީ އައްޑަނަ" އެވެ. މިގޮތުން ރާއްޖޭގެ ފުންނާބު އުސް ޢިލްމީ ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް މި އަދަދުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، ޤައުމިއްޔަތު، އިޖުތިމާޢީ، ދީނީ، ޞިއްޙީ، ތާރީޚު، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ރަހަތަކުގެ ލިޔުއްތައް ހިމަނާފައިވެއެވެ.
މި އަދަދު ގިނަ ބަޔަކަށް ކިޔާލަން މަގުފަހިކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކިޔާލެވޭ ގޮތަށް އެމްއެންޑީއެފް ވެބްސައިޓްގައި ވަނީ ޝާޢިއުކޮށްފައެވެ.
ގުޅުންހުރި
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 77 ޒުވާނުން ކިހާދޫއަށް ފުރައިފި

މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ
%20(1).webp&w=3840&q=75)
އަޟްޙާ އީދު ފާހަގަކުރުމަށް މިރޭ ވިލިމާލޭގައި ހަވާ އަރުވަނީ




