


.jpg?w=3840&q=75)
.jpeg?w=3840&q=75)



.jpg?w=3840&q=75)
-
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލް ގުޅިގެން، އއ.މާޅޮހު ރައްޔިތުންނަށް ޚާއްޞަކޮށްގެން "ސީޕީއާރު-އޭއީޑީ" ކޯހެއް ހިންގައިފިއެވެ.
ކޯސް ނިންމުމުގެ ގޮތުން އޮގަސްޓު 27ވަނަ ދުވަހު އއ.މާޅޮހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ އޮޕަރޭޝަންސް އޮފިސަރ، ލެފްޓިނެންޓް ކާނަލް މޫސާ ރަމީޒެވެ.
އޮގަސްޓު 22އިން 27އަށް ކުރިއަށްގެންދިޔަ މި ކޯހުގައި އެ ރަށުގެ 20 މީހަކު ބައިވެރިވެ 14 މީހަކު ވަނީ ކޯސް ފުރިހަމަކޮށްފައެވެ.
މި ކޯހުގައި ހިތުގެ ނިޒާމާއި، ނޭވާލާ ނިޒާމުގެ އިތުރުން، ކުއްލި ޙާލަތްތަކުގައި ނޭވާ ހުއްޓޭ މީހުންނަށް އަވަސް ފަރުވާ (ސީޕީއާރު) ދޭނެ ގޮތާއި، ހޭނެތިފައިވާ މީހުންނަށް ފަރުވާދޭނެ ގޮތްތައް ވަނީ އުނގަންނައިދީފައެވެ. އަދި ޒަޚަމްވެ ލޭއަންނަ ހާލަތްތަކުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި، ފިހުމުން ދޭންޖެހޭ ފުރަތަމައެހީގެ ފަރުވާއާއި، އެހެނިހެން ކުއްލި ފުރަތަމައެހީގެ ބައިތަކާއި، ހާޓްއެޓޭކާއި، ނޭވާހިއްލުމާއި އަދި ސްޓްރޯކް ފަދަ ކުއްލި ޞިއްޙީ ނުރައްކާތަކުގައި ޢަމަލުކުރާނެ ގޮތުގެ އިތުރުން، އަނިޔާލިބޭ މީހުން އުފުލާނެ ގޮތްތަކާއި، ހޫނުގަދަވުމުގެ ސަބަބުން ދިމާވާ ޞިއްޙީ މައްސަލަތަކާއި، ވާގިނެތުމާއި އަދި މަސްތަކުގައި ރިއްސުން ފަދަ ހާލަތްތަކުގައި ފަރުވާދޭނެ ގޮތްތައް ވެސް އުނގަންނައިދެވިފައިވެއެވެ.
މި ކޯހުގައި މައުލޫމާތު ދީ، ތަމްރީނުތައް ކުރިއަށްގެންގޮސްފައި ވަނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ތަޖުރިބާކާރު މެޑިކުންނެވެ.



.jpg?w=3840&q=75)
.jpeg?w=3840&q=75)
.jpg?w=3840&q=75)


