







-
ޔޫރަޕިއަން ޔޫނިއަންގެ ކްރިޓިކަލް މެރިޓައިމް ރޫޓްސް އިން ދަ އިންޑިއަން އޯޝަން (ކްރިމާރިއޯ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މެރިޓައިމް، ކޯޑިނޭޝަން، ކޯޕަރޭޝަން، އަދި ކޮމިއުނިކޭޝަން "މާރކޮސް 3" އެކްސަސައިޒްގައި އެމްއެންޑީއެފް ކޯސްޓްގާޑުން ބައިވެރިވެއްޖެއެވެ.
އޮގަސްޓް 30 އިން ސެޕްޓެންބަރު 3 ގެ ނިޔަލަށް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ކުރިއަށްގެންދާ މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ 15 ސެއިލަރުންނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 3 އޮފިސަރަކު އަމަލީ ގޮތުން ބައިވެރިވެއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ކްރިމާރިއޯ ޕްރޮޖެކްޓްގެ ދަށުން ހިންގާ މި އެކްސަސައިޒްގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އައިއޯއާރްއައިއެސް ޕްލެޓްފޯމެވެ.
މި ޕްލެޓްފޯމަކީ ކަނޑުމަތީގެ އެކިއެކި ނުރައްކާތަކާއި ހާދިސާތަކަށް ވަގުތުން އިޖާބަދިނުމުގައި، ސަރަހައްދީ ކަނޑުގެ ސަރަހައްދު ހިއްސާކުރާ ޤައުމުތަކުގެ މެދުގައި މައުލޫމާތު އަވަހަށް ބަދަލުކުރުމާއި، ގުޅިގެން އޮޕަރޭޝަންތައް ހިންގުމަށް މަގުފަހިކޮށްދިނުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.



