
.jpg?w=3840&q=75)

.jpeg?w=3840&q=75)



.jpeg?w=3840&q=75)
.jpg?w=3840&q=75)
އަލިފާނުގެ ހާދިސާއަކާއި ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެމްއެންޑީއެފް އެފްއާރްއެސް) ގެ މާލެ އޭރިއާއިން އެކަނި 26 ހާދިސާއަކަށް އެޓެންވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
30 އޮގަސްޓު 2026 އިން 5 ސެޕްޓެންބަރު 2026 އަށް ހިނގި 29 ހާދިސާއެއް ހިނގައިގެން ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.
މި ހަފުތާގެ ރިޕޯޓުގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން ޖުމްލަ 12 އަލިފާނުގެ ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، ނުރައްކާތެރި ކެމިކަލް ނުވަތަ ހެޒްމެޓް އާ ގުޅުންހުރި 11 ހާދިސާއެއް ވަނީ ހިނގާފަ އެވެ. މީގެ އިތުރުން މީހުން ސަލާމަތްކުރުމުގެ 2 އޮޕަރޭޝަނަކަށާއި، ބަލިމީހުން އުފުލުމުގެ 4 އޮޕަރޭޝަން ހިމެނެ އެވެ.
ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާތައް ހިނގާފައިވަނީ މާލެ ސަރަހައްދުގަ އެވެ. އެގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން 26 ހާދިސާއަކަށް އެޓެންޑްކޮށްފައިވާއިރު، ސަދަން އޭރިއާ ކޮމާންޑުން 2 ހާދިސާއެއް ރިޕޯޓްކޮށްފައިވެ އެވެ. މި މުއްދަތުގައި ނޮދަން އޭރިއާއިން 1 ހާދިސާ އަދި ސެންޓްރަލް އޭރިއާ އިން އެއްވެސް ހާދިސާއެއް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
އެމްއެންޑީއެފުން އަބަދުވެސް ދަނީ އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާތީ، ގޭގޭގައްޔާއި ވިޔަފާރިކުރާ ތަންތަނުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި، ކައްކަން ބޭނުންކުރާ ގޭސް ސިލިންޑަރާއި ކަރަންޓު ސާމާނުތަކަށް އަބަދުވެސް ސަމާލުވުމަށް ސިފައިން އިލްތިމާސްކުރެ އެވެ.

.jpg?w=3840&q=75)

.jpeg?w=3840&q=75)
