
އޮމަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު
އދ.އޮމަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިންމާލާފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ބުނެފި އެވެ.
މިނިސްޓްރީން މި މަސައްކަތުގެ އަދާހަމަ ހިއްސާކޮށް އެކްސްގައި ވަނީ ޕޯސްޓެއްކޮށްފަ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަރިއަތޮޅު ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އަދި އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް ޝަރީފެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފިޓްނެސް ސެންޓަރުތައް ގާއިމްކުރުމުގެ އަމާޒުގައި ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހަންޏާމީދޫގައި އަޅާ ފިޓްނަސް ސެންޓަރެވެ. މި ސެންޓަރު ތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ހަމަޖެހިފައިވެ އެވެ.
















