
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓުން ފަސިންޖަރުންނަށް އަލްކޮހޯލް ސާވިސް ދޭން ފަށަން އުޅޭކަމަށް ފެތުރޭ ވާހަކަތަކަކީ ދޮގެއް ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.
މޯލްޑިވިއަން އިން ސޯޝަލް މީޑިއާގައި ފެތުރެމުންދަނީ ދޮގެއްކަން ހާމަކޮށް މޯލްޑިވިއަންގެ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓުކޮށްފަ އެވެ.
މޯލްޑިވިއަން އިން ބުނީ މޯލްޑީވިއަންގެ ފްލައިޓުން ފަސިންޖަރުންނަށް އަލްކޮހޯލް ސާވިސް ދޭން ފަށަން ރާވާއިފައިވާކަމަށް ބުނެ މީސްމީޑީއާގައި ދައުރުވަމުންދާ މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.
ސައްހަކަން ކަށަވަރުނުކުރެވޭ މިފަދަ މައުލޫމާތު ހިއްސާނުކުރުމަށް މޯލްޑިވިއަންއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
















