.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

-
ރާއްޖޭގެ ޤައުމީ އެއާލައިން، މާލްޑިވިއަންގެ ފްލީޓު ޒަމާނީކޮށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، އެ އެއާލައިނުގައި 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ބޭނުންކުރި DHC-8-300 (8Q-IAS) މަރުކާރުގެ ބޯޓަށް އަލުވިދާއު ކިޔައިފިއެވެ.
މޯލްޑިވިއަންއިން މައުލޫމާތު ދޭ ގޮތުގައި، މި ބޯޓަކީ 14 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި 29,000 އަށްވުރެ ގިނަ ފްލައިޓް އަވަރ އަދި 37,000 އަށްވުރެ ގިނަ ސައިކަލްސް ފުރިހަމަކޮށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުވެރިން އުފުލުމުގައި ވަރަށް ބޮޑު ޚިދުމަތެއް ކޮށްދީފައިވާ ބޯޓެކެވެ.
އެއާލައިންގެ ފްލީޓު މޯޑަނައިޒްކުރުމުގެ ސިޔާސަތުގެ ދަށުން، ކުރީގެ DHC-8 މަރުކާރުގެ ބޯޓުތަކުގެ ބަދަލުގައި މިހާރު ދަނީ އައު ޖީލުގެ އޭޓީއާރު މަރުކާރުގެ ބޯޓުތައް ތައާރަފުކުރަމުންނެވެ.
މިއީ ދަތުރުވެރިންނަށް އިތުރު ފަސޭހަކަމާއި އަރާމު ލިބިގެންދާނެ، އަދި ތެލުގެ ޚަރަދު ކުޑަ، އިތުބާރުހުރި ތިމާވެއްޓާ ރައްޓެހި ބޯޓުތަކެކެވެ.
އާންމުކޮށް ހުޅުވާލެވުނު އާރްއެފްޕީއަކަށްފަހު، މި ބޯޓު ކެނެޑާއަށް ފުރީ އިއްޔެ އެވެ. އެގޮތުން މި ބޯޓު ގެންގޮސްފައިވަނީ މި ބޯޓު އުފެއްދި ކުންފުނި ކަމަށްވާ "ޑީ ހެވިލަންޑް ކެނެޑާ" އަށެވެ.
މާލްޑިވިއަންއިން ބުނީ މިއީ އެއާލައިންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި އަދި ޒަމާނީ ފްލީޓެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
.jpeg?w=3840&q=75)






