.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

ގައުމީ އެއާލައިން މޯލްޑިވިއަނުގެ ބޯޓެއް ---
ގދ. އަތޮޅަށް ދަތުރުކުރުމަށް ޖާގަ ނުލިބި އާންމުން ޝަކުވާކުރަން ފެށުމާ ގުޅިގެން، ގައުމީ އެއާލައިން މޯލްޑިވިއަނުން އެ އަތޮޅަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ސްކޫލް ބަންދަށްފަހު އެނބުރި ރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ނުލިބި، ގިނަ ބަޔަކު މާލޭގައި ތާށިވެފައިވާ ދަނޑިވަޅެއްގައެވެ.
މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ގދ. ކާޑެއްދޫ އެއާޕޯޓަށް ދަތުރުކުރާ ހުރިހާ ފްލައިޓެއް ފުލްވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. މިކަމުގެ ސަބަބުން ސްކޫލް ބަންދަށް މާލެ އައި ގިނަ ބަޔަކު އެނބުރި ރަށަށް ނުދެވި ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، މޯލްޑިވިއަންގެ ޓިކެޓް ކައުންޓަރުން ކުރިން ބުނެފައިވަނީ އެ އެއާޕޯޓަށް ދުވާލަކު ކުރަނީ ތިން ދަތުރު ކަމަށެވެ.
މޯލްޑިވިއަނުން ކުރިން ބުނެފައިވަނީ ފްލައިޓްތައް ބާއްވަނީ ޑިމާންޑާ އެއްވަރަށް ކަމަށާއި، އާދަޔާ ޚިލާފަށް ޑިމާންޑް އިތުރުވި ކަމަށް ފާހަގަވެފައި ނުވާ ކަމަށެވެ. ނަމަވެސް، މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ "ޑިމާންޑް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަމަށް ހައްލު ގެނެއުމަށް މަސައްކަތްކުރަމުންދާ" ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މޯލްޑިވިއަނުން މިހާރު ވަނީ އިތުރު ފްލައިޓަކަށް ބުކިން ހުޅުވާލާފައެވެ. މި ދުވަސްވަރަކީ ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވުމުން، މޯލްޑިވިއަންގެ ޓިކެޓް ކައުންޓަރުތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.
.jpeg?w=3840&q=75)






