
މޯލްޑިވިއަންއިން ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ: އެއްކޮޅު 999 ރުފިޔާއަށް!
# މޯލްޑިވިއަން-
ގައުމީ އެއާލައިން މޯލްޑިވިއަންއިން، ނ ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެލިދޫއަށް ސީޕްލޭންގެ ފުރަތަމަ ޝެޑިއުލް ދަތުރުކުރުމަށް ނިންމާފައިވަނީ ޖެނުއަރީ 23 ގައި ކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން އެރޫޓަށް ބުކިން ހުޅުވާލާނެ ކަމަށް އެކުންފުނީން ބުނެއެވެ.
މި ރޫޓުގެ ދަތުރުތައް ހަފްތާއަކު ދެ ދުވަހު ކުރުމަށް ނިންމާފައިވާއިރު އެއީ ކޮންމެ ހަފްތެއްގެ ބުދަ އަދި ހުކުރުގައެވެ. މި ހިދުމަތް އެރަށަށް ފެށުމާއި ގުޅިގެން ދިވެހިންނަށް ހާއްސަ ޕްރޮމޯޝަނަލް އަގެއްވެސް މޯލްޑިވިއަން އިން ހަމަޖައްސާފައި ވެއެވެ. އެއީ ކޮޅަކަށް 999ރ. އެވެ.
މޯލްޑިވިއަން އިން އިތުރަށް ބުނީ، މިއީ އެއް ރަށާއި އަނެއް ރަށާއި ދެމެދު ކަނެކްޓިވިޓީ އިތުުރު ކުރުމާއި، ސަރަހައްދީ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ފަށާ ދަތުރުތަކެއް ކަމަށެވެ.
މިގޮތުން މި ހިދުމަތް ފެށުމުގެ ސަބަބުން އެ އަތޮޅަށް ދަތުރު ކުރުމުގެ އިތުރު މަގެއް ފަހިވުމުގެ އިތުުރުން އަތޮޅުގެ ފަތުރުވެރިކަން ފުޅާ ކުރުމަށްވެސް އެހީތެރިވެގެން ދާނެ ކަަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ.
ބުކިން އަދި އިތުރު މައުލޫމާތު ހޯދުމަށް އަށް ނޫނީ 1671 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ހަމަ އަސްލަށްވެސް ދިވެހީންގެ އެއާލައިން: މޯލްޑިވިއަނުން 6,000 އަށްވުރެ ގިނަ ޙާޖީންނާއި ޢުމްރާވެރިން އުފުލައިދީފި

11 ގަޑިއިރުގެ ސީދާ ދަތުރާއެކު އޮސްޓްރޭލިއާ ރާއްޖެއާ ގާތަށް!

މޯލްޑިވިއަންގެ ފްލައިޓުން އަލްކޮހޯލް ސާވިސް ދޭން އުޅޭކަމަށް ފެތުރޭ ވާހަކައަކީ ދޮގެއް- މޯލްޑިވިއަން




