logoEN
Sto top
ކަޝްމީރުގައި ހުރި އިންޑިއާގެ އަސްކަރީ ތިން މަރުކަޒަކަށް ޕާކިސްތާނުން ހަމަލާދީފި

ކަޝްމީރުގައި ހުރި އިންޑިއާގެ އަސްކަރީ ތިން މަރުކަޒަކަށް ޕާކިސްތާނުން ހަމަލާދީފި

އަހުމަދު ޝުރާއު

logo

5/8/2025, 6:19:53 PM

# އިންޑިއާ - ޕާކިސްތާނު

ކަޝްމީރުގައި ހުންނަ އިންޑިއާއާއި ޕާކިސްތާނު ގުޅޭ މައި ބޯޑަރު ކައިރީގައި ހުރި އިންޑިއާގެ އަސްކަރީ މަރުކަޒުތަކަށް ޕާކިސްތާނުން ހަމަލާތަކެއް ދީފި އެވެ.

Wamco

މިކަން ހާމަކޮށް އިންޑިއާގެ އަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނެއްގައި ބުނީ ކަޝްމީރުގެ ބައިނަލްއަގްވާމީ ބޯޑަރާއި ކައިރީގައި އޮންނަ ތިން އަސްކަރީ ސްޓޭޝަނަކަށް ޕާކިސްތާނުން މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށެވެ.

އިންޑިއާ އަސްކަރިއްޔާއިން ބުނީ މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

" އަހަރަމެންގެ ސިފައިން ވަނީ އެ މީހުންގެ ހަމަލާ ކައިނެޓިކް އަދި ނޮން-ކައިނެޓިކް މެތަޑްތައް ބޭނުންކޮށްގެން ނައްތާލާފައި " އިންޑިއާ އަސްކަރިއްޔާގެ ބަޔާނުގައި ވެއެވެ.

ކަޝްމީރާ ދިމާލަށް 8 މިސައިލް ފޮނުވާލާފައިވާ ކަމަށާއި އެ ހުރިހާ މިސައިލެއް ވެސް "އެއާ ޑިފެންސް ޔުނިޓްތަކުން ހުއްޓުވައި ހުއްޓުވާފައިވާ" ކަމަށް އިންޑިއާގެ ދިފާއީ އޮފިޝަލަކު ސީއެންއެން އަށްވެސް ވަނީ ވިދާޅުވެފައި އެވެ. އިންޑިއާގެ ދިފާއީ އޮފިޝަލް ސީއެންއެންއަށް ވިދާޅުވީ ހަމަލާތައް އަމާޒުކޮށްފައި ވަނީ ސަތުވާރީ، ސަމްބާ، ރަންބީރު ސިންގް ޕޫރާ އަދި އަރްނިއާ އަވަށަށް ކަމަށެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުالله ތަރާރު އެ ތުހުމަތުތަކަށް ރައްދު ދެއްވައި އެކްސް އަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއިން ގަވައިދާ ހިލާފަށް ހިފާފައިވާ ޖައްމޫ އެންޑް ކަޝްމީރުގެ އެއްވެސް ތަނަކަށް އަދި ބައިނަލްއަގުވާމީ ބޯޑަރު ހުރަސްކޮށް މިހާތަނަށް ޕާކިސްތާނުން އެއްވެސް ތަނަކަށް އަމާޒުކޮށް ހަމަލާދީފައި ނުވާ ކަމަށެވެ. އަދި ޕާކިސްތާނުގެ ވައިގެ އަސްކަރިއްޔާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އިންޑިއާގެ މީޑިއާތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside