
އިރާން-އެމެރިކާ މަޝްވަރާތަކުގެ ފުރަތަމު ބުރު ނިމިއްޖެ: އިރާނުން ބުނަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށް!
# އިރާން - އެމެރިކާ--
އިރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއި އެކު މިއަދު ފެށި މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.

މިއަދު އޮމާންގެ ވެރިރަށް މަސްކަޓުގައި ކުރިޔަށް ދިޔަ މި މަޝްވަރާތަކަށް ގާތްގަޑަކަށް 3 ގަޑި އިރު ވަނީ ހޭދަވެފައި އެވެ. މި މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވަނީ އޮމާނުންނެވެ. އެގޮތުން މަޝްވަރާގެ މެދުވެރިއެއްގެ ގޮތުގައި ދެގައުމުންވެސް އެއްބަސްވީ އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު ބިން ހަމަދު އަލް ބުސައިދީއަށެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިއުކްލިއާ މައްސަލައާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭ ގޮތުން އެމެރިކާއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިމިފައިވާ ކަމަށެވެ. އަދި މަސްކަޓްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަކީ ބިނާކުރަނިވި މާހައުލެއްގައި އަދި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކެއް ކަމަށް އެ ބަޔާނުގައި ވެ އެވެ.
އަދި އަންނަ ހަފުތާގައި ވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އަދި ދޮޅު ގަޑިއިރަށްވުރެ ގިނަ އިރުގެ ނުސީދާ މަޝްވަރާތަކަށްފަހު އަރަގްޗީ އާއި ވިޓްކޯފް "މަޝްވަރާތައް ކުރިއަށްދާ ތަނުން ނުކުމެވަޑައިގެން އޮމާންގެ ޚާރިޖީ ވަޒީރުގެ ހާޒިރުގައި އެތައް މިނެޓެއް ވަންދެން ވާހަކަ ދެއްކެވި" ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިއަދުގެ މަޝްވަރާގައި އީރާނުގެ ވަފުދުގައި އިސްކޮށް ހުންނެވީ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެވެ. އިރާނުގެ އެންމެ ތަޖުރިބާކާރު ޑިޕްލޮމެޓް ކަމަށްވާ އަރަގްޗީ އަކީ މީގެ ކުރިން އީރާނުގެ އެންމެ އިސް ނިއުކްލިއާ މަޝްވަރާވެރިޔާ އެވެ. އެމެރިކާގެ ފަރާތުން މަޝްވަރާތައް ލީޑް ކުރެއްވީ ސްޓީވް ވިޓްކޯފް އެވެ. ވިޓްކޯފް އަކީ ނިއުޔޯކްގެ ޕްރޮޕަޓީ ޑިވެލޮޕަރެއްގެ އިތުރުން ޓްރަމްޕްގެ ގާތް ރަހުމަތްތެރިއެކެވެ. މީގެ ކުރިން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާ ހަވާލުވެ ވަޑައިގެން ހުންނެވީވެސް އޭނާއެވެ.
ގުޅުންހުރި

އިރާން-އެމެރިކާ މަޝްވަރާތަކުގެ ފުރަތަމު ބުރު ނިމިއްޖެ: އިރާނުން ބުނަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށް!

އިރާނުން އެމެރިކާއާއި ފެށި މަޝްވަރާތަކުގެ ފުރިހަމަ ބާރު އިރާނުގެ ސިޕްރީމް ލީޑަރު ދެއްވީ އަރަގްޗީއަށް!

އީރާނަށް ނިއުކްލިއާ ހަތިޔާރު ނުބެހެއްޓޭނެ: ޓްރަމްޕް
