logoEN
Sto top
ރައިސްގެ ދެލަނޑާއެކު ރެއާލް މެޑްރިޑް އަތުން އަސެނަލްއަށް ފަސޭހަ މޮޅެއް

ރައިސްގެ ދެލަނޑާއެކު ރެއާލް މެޑްރިޑް އަތުން އަސެނަލްއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

4/8/2025, 7:51:47 PM

# ރެއާލް މެޑްރިޑް# އާސެނަލް# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެންޕިއަންސް ލީގު

އާސެނަލް އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން...

ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑް 3-0 ގެ ނަތީޖާއަކުން ބަލިކޮށް އާސެނަލް އިން ސެމީފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

Wamco

މުބާރާތުގެ ކުއާޓާ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދީ ދެވަނަ ބުރުގައި އެތްލެޓިކޯ މެޑްރިޑް ޕެނަލްޓީގައި ބަލިކުރުމަށްފަހު އެވެ. އަދި އާސެނަލް ކުއާޓާ ފައިނަލުން ޖާގަހޯދީ ދެވަނަ ބުރުގައި ނެދަލޭންޑްސްގެ ޕީއެސްވީ 9-3 ގެ އެގްރިގޭޑް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

މީގެ އިތުރުން މިދެޓީމު ޗެންޕިއަންސް ލީގުގައި މީގެ ކުރިން ވާދަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އަދި 2006 ވަނަ އަހަރުގެ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލުގައި މިދެޓީމު ވާދަކުރި މެޗު 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ އާސެނަލް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުގެ ފުރަތަމަ ދެލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު ޑެކްލެން ރައިސް އެވެ. އަދި މިދެލަނޑަކީ ވެސް މެޑްރިޑްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ދެ ހިލޭ ޖެހުމުން އޭނާ ކާމިޔާބުކުރި ދެލަނޑެވެ.

އާސެނަލްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މިކެއިލް މެރީނޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside