
.jpg?w=3840&q=75)







-
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް (ކޮންގްރެސް) ފެށުމަށް މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ޕާޓީއެއްގެ ކޮންގްރެސްއެއްގައި އިދިކޮޅު އިސް ލީޑަރަކު މިފަދަ ގޮތަކަށް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ނަޝީދު އިންނެވީ ދަޢުވަތު އެރުވުނު ޚާއްޞަ ޢިއްޒަތްތެރިންނާއެކު އެންމެ ކުރީ ސަފުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ލީޑަރު ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ސަރުކާރާއި ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، މިރޭ ފެށިގެންދިޔަ މަތީ މަޖިލީހުގެ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ވަނީ ދަޢުވަތު އަރުވައިގެން ހުޅުވާލާފައެވެ.
ސިޔާސީ ވާދަވެރިކަން ބޮޑު މި ދަނޑިވަޅުގައި، ވެރިކަންކުރާ ޕާޓީގެ މިފަދަ މުހިންމު ހަރަކާތަކުން އިދިކޮޅު އެމްޑީޕީގެ އިސް ލީޑަރަކު ފެނިގެންދިއުމަކީ ރާއްޖޭގެ ސިޔާސީ މައިދާނަށް އައި ވަރަށް ތާރީޚީ އަދި ފާހަގަކޮށްލެވޭ ބަދަލެކެވެ.

.jpg?w=3840&q=75)




.jpg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)