








ރަފީނިއާ އަދި ޔަމާލް ފެނޫޑް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނެދަލޭންޑްސްގެ ފެނޫޑް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މި ސީޒަނުގައި އާދަޔާ ޚިލާފު ރަނގަޅު ފޯމެއްގައި މިވަގުތު އޮތް ބާސެލޯނާ އިން ސްޕެނިޝް ލަލީގާގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްފައިވާއިރު، މިއީ އެޓީމު ޖެހިޖެހިގެން ފަސް ލަނޑު ކާމިޔާބުކުރި ތިންވަނަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެލަނޑު ކާމިޔާބުކުރިއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިއާ ދެލަނޑު ކާމިޔާބުކުރިއިރު، ލަމީން ޔަމާލް، ގެބްރިއަލް ޖީސަސް އަދި ކަރީމް އަޑެއިމީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ފެނޫޑްގެ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ސެމް ސްޓައިން އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާގެ ކެޕްޓަން ރަފީނިއާ އެވެ.
މީގެ އިތުރުން މިސީޒަނުގައި ބާސެލޯނާ މިހާތަނަށް ކުޅުނު ފަސް މެޗުގައި ވެސް ރަފީނިއާ ލަނޑުޖަހާފައިވާއިރު. މި ފަސް މެޗުގައި އަށް ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އިތުރު އެއްލަނޑު ޖެހުމަށް ރަފީނިއާ ވަނީ އެހީތެރިވެދީފައެވެ.




