



.jpg?w=3840&q=75)




ބޮލީވުޑްގެ އެކްޓަރ އަހާން ޝެޓީ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ވިކްރަމް ބަޓްގެ ބިރުވެރި ފިލްމު "1920: ކޯލްޑް ވިންޓަރ" އިން
ބޮލީވުޑްގެ ޒުވާން ތަރި އަހާން ޝެޓީ، އޭނާގެ ފިލްމީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމެއް ކުޅެން ތައްޔާރުވެއްޖެއެވެ.
އެގޮތުން އޭނާ ދެން އެންމެ އަވަހަށް ފެންނާނީ މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓްގެ ބިރުވެރި ފިލްމު "1920: ކޯލްޑް ވިންޓަރ" އިންނެވެ.
"ބޯޑަރ 2" އިން ދާދި ފަހުން ފެނިގެންދިޔަ އެކްޓަރު، ފިލްމު އުފައްދާ ވިކްރަމް ބަޓްގެ އޮފީހުން ފެނުމާއެކު ގިނަ ބައެއްގެ މެދުގައި އުފެދުނު ސުވާލުތަކަށް މިހާރު މިވަނީ ޖަވާބު ލިބިފައެވެ. ރިޕޯޓުތައް ބުނާގޮތުން މިއީ ބިރުވެރި ފިލްމުތައް ހެދުމަށް މަޝްހޫރު ވިކްރަމް ބަޓްގެ ކާމިޔާބު '1920' ފްރެންޗައިޒްގެ ކުރިއަށް އޮތް ފިލްމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ. މިއީ އަހާން ބިރުވެރި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.
މި ފިލްމުގެ ޝޫޓިންގ މިއަހަރު ފަހުކޮޅު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ފިލްމުގެ ވާހަކަޔާއި އަހާންގެ ކެރެކްޓަރާ ގުޅޭ ތަފްސީލުތައް އަދި ސިއްރުކޮށްފައި ވީނަމަވެސް، މި ފިލްމުން އޭނާ މުޅިން ތަފާތު ގޮތަކަށް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
"ބޯޑަރ 2" އަށް ލިބުނު ބޮޑު ތަރުޙީބަށްފަހު، އަހާން މިފަދަ ތަފާތު ޖޯންރާއަކަށް ނުކުތުމަކީ އޭނާގެ ކެރިއަރަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.




.jpg?w=3840&q=75)



