logoEN
Sto top
ސީދާ ތިން ސެޓުން ޓްރިޕަލް ވެއާ ބަލިކޮށް ގޯޅިން މުބާރާތް ފެށީ އިތުބާރާއެކު

ސީދާ ތިން ސެޓުން ޓްރިޕަލް ވެއާ ބަލިކޮށް ގޯޅިން މުބާރާތް ފެށީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

3/11/2025, 7:28:03 PM

# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025

ޓްރިޕަލް ވެއާ އަދި ގޯޅި ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ކުޑަހުވަދޫ ކައުންސިލް

މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެ ރޭ ސީދާ ތިން ސެޓުން ޓްރިޕަލް ވެއާ ބަލިކޮށް ގޯޅިން މުބާރާތް ފެށީ އިތުބާރާއެކު އެވެ.

Wamco

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ގޯޅި ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓާއި އަދި ތިންވަނަ ސެޓު ވެސް އެޓީމުން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޯޅި ޓީމުގެ އާމިނަތު އަރީޝާ އެވެ.

11 މެއި 2025 އިން 17 މެއި 2025 ގެ ނިޔަލަށް ކުރުއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside