
އިރާނަަށް ހަމަލާދޭން ތައްޔާރުވަމުންދާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އެމެރިކާއި އިޒްރޭލު ޖޮއިންޓް އެކްސަސައިޒްއަކަށް!
# އިރާންއިރާނަުގެ ނިއުކްލިއާ ޕްލާންޓުތަކަށް އެމެރިކާއާއި އިޒްރޭލު ގުޅިގެން ހަމަލާދޭން ތައްޔާރުވަމުންދާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އެމެރިކާއި އިޒްރޭލު އަސްކަރިއްޔާއިން ޖޮއިންޓް އެކްސަސައިޒެއް ކުރިޔަށް ގެންގޮސްފި އެވެ.

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ވައިގެ އަސްކަރިއްޔާއާއި އެމެރިކާގެ ވައިގެ އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މި ތަމްރީނުތަކުގައި އިޒްރޭލުގެ އެފް-35އައި އާއި އެފް-15އައި މަރުކާގެ މަތިންދާބޯޓުތައް އެމެރިކާގެ ބީ-52 ސްޓްރެޓެޖިކް ބޮމްބާއަކާ އެކު ދަތުރުކުރި ކަމަށާއި އެ މަތިންދާބޯޓުތަކަކީ ސަރަހައްދީ އެކި ނުރައްކާތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އޮޕަރޭޝަނަލް ކޯޑިނޭޝަން ގެ މަސައްކަތް ކޮށްފައިވާ މަތިންދާ ބޯޓެއް ކަމަށެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ހަމަލާއެއް ދީފާނެ ކަމުގެ އަޑުތައް މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ނަމަވެސް މިކަމާއި ގުޅިގެން އެމެރިކާއާއި އިޒްރޭލުންވެސް ރަސްމީ ބަހެއް ބުނެފައި ނުވެއެވެ.
ގުޅުންހުރި

އަހަރަމެން އިޚްތިޔާރުކުރާ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ގާބިލުކަން އަދިވެސް އެބަ ހުރި - އިރާން

ހަނގުރާމައިގެ ބޮޑު ރެޔެއް: އިރާނުގެ މިސައިލެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަރައިފި

އިޒްރޭލަށް މިރޭ ދެމުންމިދަނީ އެންމެ ވަރުގަދަ ހަމަލާތައް، ހުއްޓުމެއްނެތި 3 ގަޑިއިރަށް ހަމަލާތައް ދޭނަން - އިރާން

.gif&w=3840&q=75)



