
--
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ޓާރްޓޫގައި ހުންނަ ޤައުމީ ދާރުލްއާސާރު (އީސްޓީ ރާހްވާ މޫސިއަމް) އަށް ޒިޔާރަތްކުރައްވައިފިއެވެ.

ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ދާރުލްއާސާރުގެ ޑިރެކްޓަރ ޑޮކްޓަރ ކޭޓޫ ސަކްސް އެވެ. މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ދާރުލްއާސާރުގެ "އެންކައުންޓަރސް" މަޢުރަޒު ބައްލަވާލައްވާފައެވެ. މަޢުރަޒު ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދާރުލްއާސާރުގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައެވެ.
ޓާރްޓޫގައި ހުންނަ ޤައުމީ ދާރުލްއާސާރު ޚާއްޞަކޮށްފައިވަނީ އެ ޤައުމުގެ ތާރީޚާއި ޘަޤާފަތާއި އާދަކާދަތައް ދައްކާލުމަށެވެ. އެތަނުގައި ހުރި އެކި މަޢުރަޒުތަކުން، އެ ޤައުމުގެ އެވޭލާ ތާރީޚާއި، ޒަމާނީ އިޖުތިމާޢީ ކުރިއެރުންތަކާއި، އިޖުތިމާޢީ ޝަޚްޞާއި، ތަރިކަ އަދި ފަންނިންޔާތުގެ ތަރައްޤީ ދައްކުވައިދެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ރާއްޖާގެ ފަންނިއްޔާތުގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުންހުރި

206 މަޝްރޫޢުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ފެށޭނެ، ފައިސާ ދެއްކުމުގައި އެއްވެސް ތާށިކަމެއްނެތް - ރައީސް

ތަރައްޤީގެ 206 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފި

ރާއްޖޭގެ ކޮންމެ ރަށެއްގައި، ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެއް ފެންވަރެއްގައި ޚިދުމަތް ލިބެންޖެހޭ - ރައީސް





