.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)




މެލޭޝިޔާގައި ރޭގައި ހިނގި އެކްސިޑެންޓް
މެލޭޝިޔާގައި ރޭ ހިނގި އެކްސިޑެންޓްގައި ނިޔާވި ދަރިވަރު އާމިނާ އިމީލީ ނާޒިމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި، އުމުރުން 22 އަހަރުގެ ދިވެހިޒުވާނެއް ކަމަށްވާ، އާމިނާ އިމީލީ ނާޒިމްގެ އާއިލާއަށްތަޢުޒިޔާ ދަންނަވާކަމަށެވެ.
"މާތް ﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ އިމީލީ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި" ރައީސް ދުޢާ ކުރެއްވި އެވެ.
މައުލޫމާތު ލިބުނު ގޮތުގައި ނިޔާވީ އައްޑޫ ސިޓީ ހިތަދޫ މީހެކެވެ. އަދި އޭނާ ނިޔާވީ ކޮލެޖު ނިންމާފައި ގެއަށްދިޔަ މަގުމަތީގައި ހިނގި ކާރު އެކްސިޑެއްގަ އެވެ.
.jpg?w=3840&q=75)


.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)
