.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)




.jpg?w=3840&q=75)
ޝަހީދު އަލީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު- ފޮޓޯ: ގާފު
ގައުމު ބިނާކުރުމަށް މުދައްރިސުންނަށް ބޭނުންވާ އެއްބާރުލުން އަބަދުވެސް މި ސަރުކާރުން ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ދަންނަވާ ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ކުރިއަރައިގެން ދިއުމަށް ކޮންމެ ކުއްޖަކަށްވެސް އެހީތެރިކަން ފޯރުކޮށްދެނީ މުދައްރިސުންކަމަށްވާއިރު، މިފަދަ ހާއްސަ ދުވަހެއްގައި އެފަދަ މުދައްރިސުން ގައުމުގެ މުސްތަގުބަލު ބިނާ ކުރެއްވުމަށް ވާ ގުރުބާނީއާއި ކުރައްވާ ބުރަ މަސައްކަތްތަކަށް ޝުކުރުވެރިވާންޖެހޭ ކަމަށެވެ.
މުދައްރިސުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާހައުލެއް ގާއިމުކޮށް ދިނުމަކީ ބޮޑު ޒިންމާއެއްކަން ރައީސް ފާހަގަކުރެއްވި އެވެ.މީގެއިތުރުން ރައީސް ވިދާޅުވީ މުދައްރިސުންގެ ދުޅަހެޔޮ ކަމަށާއި މަސައްކަތުގެ ބުރަ ކުޑަ ކުރުމަށާއި ވަޒީފާގެ މާހައުލު ރަނގަޅު ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ހުރިހާ ކުދިން ޝާމިލުކުރާ ތައުލީމީ ނިޒާމެއް ހަރުދަނާކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައި ދިނުމުގައި މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ."މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ، ދަރިވަރުންނާއި މުޅި ގައުމުގެ ކުރިއެރުމުގެ ބިންގާ ވަރުގަދަކުރުން،" ރައީސް ވިދާޅުވި އެވެ.
މުދައްރިިސުންނަށް އެއްބާރުލުން ދިނުމަކީ ދަރިންނާއި ޤައުމު ކުރިއެރުވުމަށް އެޅޭ ބިންގާ ހަރުދަނާ ކުރެވޭނެ ކަމެއް ކަމަކަށްވާއިރު، މުދައްރިސުންގެ އަގުވަޒަންކޮށް، ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ފުރިހަމަ ގާބިލިއްޔަތާ ހަމައަށް ވާސިލްވުމަށް އެހީތެރިވެދޭނެފަދަ މާހައުލެއް މުދައްރިސުންނަށް ގާއިމުކުރުމަށް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ކޮންމެ އަހަރެއްގެ އޮކްޓޯބަރު 5 ވަނަ ދުވަސް ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، އެންމެ ފުރަތަމަ ދުނިޔޭގައި މުދައްރިސުންގެ ދުވަސް ފާހަގަކޮށްފައިވަނީ 5 އޮކްޓޫބަރ 1994 ވަނަ އަހަރުގަ އެވެ.
.jpg?w=3840&q=75)
.jpg?w=3840&q=75)
.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)
