logoEN
Sto top
ވާދަވެރި ކުޅުމަކަށްފަހު ގެމަނަފުށި ބަލިކޮށް ރައިޒިން ބްލޫމްސް ޕްލޭއޮފްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ގެމަނަފުށި ބަލިކޮށް ރައިޒިން ބްލޫމްސް ޕްލޭއޮފްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

1/1/2025, 6:01:25 PM

# ގައްދޫ ކައުންސިލް# ދިވެހި ކުޅިވަރު # ބީ ބޯލް ހުވަދޫ ވަތަބަނޑޭރި ވޮލީބޯޅަ މުބާރާތް 20224

ގެމަނަފުށީ އަންހެން ވޮލީ ޓީމާއި ރައިޒިން ބްލޫމްސް ވާދަކުރި މެޗުގެ ތެރެއިން...ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

ގައްދޫ ކައުންސިލުން މުޅި ހުވަދޫއަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ " ބީ ބޯލްޑް ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގެ އަންހެން ޑިވިޝަން ސެމީފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ގެމަނަފުށި ބަލިކޮށް ރައިޒިން ބްލޫމްސް އިން ޕްލޭއޮފްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

Wamco

ގެމަނަފުށި މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އެއްމެޗުން ބަލިވެ، ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ރައިޒިން ބްލޫމްސް ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އެއްމެޗުން ބަލިވެ، ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކުރީ ރައިޒިން ބްލޫމްސް އިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް 23-25 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 24-26 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް ޖެހިގެންއައި ދެސެޓް ކާމިޔާބުކޮށް ގެމަނަފުށިން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. އެގޮތުން މެޗުގެ ތިންވަނަ ސެޓް ނުވަ ޕޮއިންޓްގެ ލީޑަކާއެކު 16-25 ގެ ނަތީޖާއަކުން ގެމަނަފުށި ކާމިޔާބުކުރިއިރު، ހަތަރުވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 12 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 13-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މީއެކު މެޗުގެ ނަތީޖާނެރުމައްޓަކައި 15 ޕޮއިންޓްގެ އިތުރު ސެޓެއް ވަނީ ކުޅެފައެވެ. އަދި މިސެޓް 9-15 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއިޒިން ބްލޫމްސް މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެއިޒިން ބްލޫމްސްގެ ސުވައިބަތް ހުސެއިން އެވެ.

މުބާރާތުގެ ޕްލޭއޮފް މެޗުގައި ރައިޒިން ބްލޫމްސް ނުކުންނާނީ ސެމީފައިނަލް ފުރަތަމަ މެޗުން ބަލިވި ކަނޑުހުޅުދޫ އާއި ދެކޮޅަށެވެ.

ގައްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށް މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު އަށް ޓީމަކުން ވާދަކުރިއިރު، އޭގެ ތެރޭގައި ގައްދޫ ކައުންސިލްގެ ޚާއްސަ ދައުވަތަކަށް ފުވައްމުލަކު ސިޓީ އިން ބައިވެރިވި އަންހެން ދެޓީމު ވެސް ހިމެނެއެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލް ފުރަތަމަ މެޗުން މޮޅުވާ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

މީގެ އިތުރުން ދެގުރޫޕުން ވެސް ދެވަނަ ހޯދި ދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފް މެޗުގައި ވާދަކުރަންޖެހޭނީ ސެމީފައިނަލް ފުރަތަމަ މެޗުން ބަލިވި ޓީމާއި ދެކޮޅަށެވެ. އަދި ޕްލޭއޮފް މެޗުން މޮޅުވާ ޓީމަށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.

23 ޑިސެންބަރު 2024 އިން 1 ޖެނުއަރީ 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 55،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ބީ ބޯލްޑް ޕްރައިވެޓް ލިމިޓެޑެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside