








މޯޑް މެލޭޝިއަން ނެޝަނަލް މާސްޓާސް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ..ފޮޓޯ: ގާފު ސްޕޯޓްސް
ކެރޮއާގައި މިހާރު ކުރިއަށްދާ މާސްޓާސް ވޯލްޑް ޗެމްޕިއަންޝިޕް، ފިރިހެނުންގެ 800 މީޓަރު އިވެންޓުގެ ފައިނަލުން ރާއްޖޭގެ މުހައްމަދު ރަޝީދު (މޯޑް) ޖާގަ ހޯދައިފިއެވެ.
ކޮރެއާގެ ޑޮގޫގައި ކުރިއަށް މިމުބާރާތުގެ ފިރިހެން 35 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާގައި ވާދަކުރި މޯޑް 800 މީޓަރު އިވެންޓުގެ ފައިނަލުން ޖާގަ ހޯދީ މިއަދު ކުރިއަށްދިޔަ މިއިވެންޓްގެ ސެމީފައިނަލް ފުރަތަމަ ހީޓުގައި ވާދަކޮށް 2:02.49 އިިން ރޭސް ނިންމައިގެންނެވެ.
800 މީޓަރު ސެމީފައިނަލުގައި ދެ ހީޓު ދުވިއިރު، 13 ގައުމަކުން 24 އެތްލީޓުން ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ފްރާންސް. ސްޕެއިން، ގްރޭޓް ބްރިޓެއިން، ޖަރުމަން، މެކްސިކޯ، ކަޒަކިސްތާން، ކޮރެއާ، ޖަޕާން، ޕޮލޭންޑް، އަލްޖީރިއާ ޔޫއެސްއޭ، ކެނަޑާގެ އިތުރުން ޗިލީގެ އެތްލީޓުން ހިމެނޭއިރު، މޯޑް ވަނީ ފުރަތަމަ ހީޓުގެ ހަވަނައިގައި ރޭސް ނިންމާފައެވެ.
22 އޮގަސްޓް 2026 އިން 03 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކޮރެއާގެ ޑޮގޫގައި ކުރިއަށްދާ މި މުބާރާތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން، 100 އަށްވުރެ ގިނަ ގައުމުން، 7000 އަށް ގިނަ އެތްލީޓުން ވާދަކުރާއިރު، މިމުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގައި މިފަހަރު ހިމެނެނީ ހަތަރު އެތްލީޓުންނެވެ.
މިމުބާރާތުގެ 800 މީޓަރު އަދި 1500 މީޓަރު ގެ އިތުރުން ހާފް މެރަތަންގައި ވެސް މޯޑް ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މިއީ އިންޓަނޭޝަނަލް މާސްޓާސް މުބާރާތެއްގައި މޯޑް ވާދަކުރާ ތިންވަނަ ފަހަރެވެ.








