logoEN
Sto top
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ބެޓިސް އިން ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ބެޓިސް އިން ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

12/7/2024, 9:24:25 PM

# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާ# ރެއާލް ބެޓިސް

ބާސެލޯނާ އާއި ރެއާލް ބެޓިސް ވާދަކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ރެއާލް ބެޓިސް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

Wamco

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 5-1 ގެ ނަތީޖާއަކުން މަޔޯކާ އަތުން މޮޅުވެފައިވާއިރު، ބެޓިސް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް އަތުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށްކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އެވެ. މިއީ މިސީޒަަނުގައި ލީގުގައި ކުޅުނު 16 މެޗުގައި އެނާ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ.

ރެއާލް ބެޓިސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި އެޓިމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ އެވެ. ނަމަވެސް 14 މިނެޓް ފަހުން ބާސެލޯނާގެ ފޯވާޑް ފެރާން ޓޮރޭސް ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

ނަމަވެސް މެޗުގެ އިތުރުވަގުތުގެ ތެރޭގައި ރެއާލް ބެޓިސްގެ ޒުވާން ފޯވާޑް އައްސައިން ޑިއާއޯ ވަނީ އެޓީމަށް މިމެޗުގައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 17 މެޗުން ބާސެލޯނާއަށް 38 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 16 މެޗުން ލިބުނު 21 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside