



.jpeg?w=3840&q=75)




ހަލާކުވާ ރޮބޮޓްތަކަށް ފަރުވާދޭން ތައްޔާރުކޮށްފައިވާ އެމްބިއުލާންސް
ޖަޕާނުގެ ކުންފުންޏަކުން، ހަލާކުވާ ހިއުމަނޮއިޑް ރޮބޮޓްތައް މަރާމާތުކުރުމަށް ޚާއްސަ "އެމްބިއުލާންސެއް" ތައާރަފުކޮށްފިއެވެ.
ޖީއެމްއޯ އިންޓަނެޓް ގްރޫޕުން ޓޯކިޔޯގައި ފެށި މި ޚިދުމަތަކީ މަސައްކަތްކުރަމުންދަނިކޮށް މައްސަލަޖެހޭ ރޮބޮޓްތަކަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.
މީގެ ބޭނުމަކީ ރޮބޮޓެއް ހަލާކުވުމުން އެތަނަކަށް ގޮސް ވަގުތުން މަރާމާތުކޮށް، މަސައްކަތް މެދުކެނޑުނު ނުދީ ކުރިއަށް ގެންދިއުމެވެ.
މި ޚާއްސަ އެމްބިއުލާންސްގައި ރޮބޮޓް މަރާމާތުކުރާނެ އިންޖިނިއަރުންނާއި، ޓެސްޓުކުރާ ސާމާނާއި، ސްޕެއަރ ޕާޓްސްގެ އިތުރުން ބަދަލުގައި ބޭނުންކުރާނެ އިތުރު ރޮބޮޓެއްވެސް އޮވެއެވެ.
މަގުމަތިން ނުވަތަ ރޮބޮޓް މަސައްކަތްކުރާ ސައިޓުން އެ ވަގުތުން ވަގުތަށް އޭތި މަރާމާތު ނުކުރެވިއްޖެނަމަ، އެމްބިއުލާންސްގައި އޮންނަ އައު ރޮބޮޓް އެ މަސައްކަތާ ހަވާލުވެއެވެ. އަދި ހަލާކުވެފައިވާ ރޮބޮޓް ޓޯކިޔޯގައި ހުންނަ ޖީއެމްއޯގެ ރިޕެއަރ ބޭސްއަށް ގެންދެއެވެ.
ޖީއެމްއޯ އިން ބުނާ ގޮތުގައި މި ޚިދުމަތް ތައާރަފުކުރީ، ރޮބޮޓްތައް ހަލާކުވެގެން މަރާމާތުކުރަން ފޮނުވަން ޖެހުމުން މަސައްކަތްތަކަށް ބުރޫއަރާތީއެވެ.
ރޮބޮޓްތަކުގެ ބޭނުން މިހާރު ވަރަށް ބޮޑަށް އިތުރުވަމުންދާއިރު މިއީ ވަރަށް މުހިންމު ޚިދުމަތަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.




.jpeg?w=3840&q=75)