




.jpeg?w=3840&q=75)



ސަގާފަތާއި ޒަމާނީ ފެޝަން ގުޅުވާލުމުގައި ކަރީނާ އަކީ ނަމޫނާއެއް
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން، އޭނާގެ އައު ފިލްމު "ދާޔްރާ" ގެ ޕްރޮމޯޝަންތަކުގައި ބައިވެރިވުމަށް ލައިގެން ހުރި ހިތްގައިމު ފިޔާތޮށި ކުލައިގެ ސާޅީއަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
ގަދަ ފިޔާތޮށި ކުލައިގެ މި ސާޅީގައި ރަން ކުލައިގެ ތަފްސީލީ ކުރެހުންތަކެއް ހިމަނާފައިވާއިރު، އޭނާގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދިނީ އަޅައިގެން ހުރި އަގުބޮޑު ގަހަނާތަކުންނެވެ.
ކަރީނާގެ މި ފެޝަން ލުކް ފުރިހަމަކުރުމަށްޓަކައި މޭކަޕް ކޮށްފައިވަނީވެސް ވަރަށް ގުޅޭ ގޮތަކަށެވެ. ލޮލުގެ މޭކަޕް ގަދަކޮށްކޮށްފައި ވާއިރު، ތުންފަތުގައި ފިޔާތޮށި ކުލައެއް ބޭނުންކޮށްފައިވެއެވެ. އަދި އިސްތަށިގަނޑު ހަދާފައިވަނީ ވަރަށް އާދައިގެ، ނަމަވެސް ރީތި ގޮތަކަށެވެ.
އޭނާގެ މި ސްޓައިލަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންއެވެ.
"ދާޔްރާ" އަކީ ކަރީނާ ކަޕޫރުގެ އެންމެ އިންތިޒާރުކުރެވޭ އެއް ފިލްމެވެ. މި ފިލްމުގެ ޕްރޮމޯޝަންތަކުގައި އޭނާ ލައިގެން އަންނަ ތަފާތު ހެދުންތަކަކީ އަބަދުވެސް އާންމުންގެ މެދުގައި ވަރަށް ބޮޑަށް ވާހަކަދެކެވޭ ކަމެކެވެ.




