




.jpeg?w=3840&q=75)



ސޯހާ އަލީ ޚާން
ބޮލީވުޑްގެ ތަރި ސޯހާ އަލީ ޚާން ފާހަގަކުރެވިފައިވަނީ އަބަދުވެސް ސިއްހަތަށް ފައިދާހުރި އާދަތަކަށް ލޯބިކުރާ އަދި ކަސްރަތަށް އިސްކަންދޭ ފަރާތެއްގެ ގޮތުގައެވެ.
ދާދި ފަހުން އޭނާ ވަނީ މިވަގުތު އޭނާ އެންމެ ގަޔާވާ ތިން ކަމެއްގެ މައުލޫމާތު އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާކޮށްފައެވެ. އެއީ އޭނާގެ ސްކިންކެއަރ ރޫޓިންއަކާއި، ކަސްރަތުކުރާ ގޮތެއްގެ އިތުރުން މިހާރު ކިޔަމުންދާ ފޮތެކެވެ.
އުމުރުން 47 އަހަރުގެ ސޯހާގެ ސްކިންކެއަރ ރޫޓިންގައި މިހާރު އެންމެ ބޮޑަށް ބޭނުންކުރަނީ މުރަނގަފަތުގެ ފޭސް ޕެކެކެވެ. މިއީ މޫނުގައި 15 ވަރަކަށް މިނެޓު ވަންދެން ބަހައްޓާ ޕެކެކެވެ. ޚާއްސަކޮށް އަވީގައި އުޅުމަށްފަހު މި ޕެކް ބޭނުންކުރުމުން މޫނަށް ވަރަށް ބޮޑު ތާޒާކަމެއް ލިބޭކަމަށް އޭނާ ބުނެފައިވެއެވެ.
ކަސްރަތުގެ ގޮތުން މިހާރު އޭނާ އިސްކަންދެނީ އިންޓަވަލް ޓްރެއިނިންގ އަށެވެ. އެގޮތުން ހަފްތާއަކު ދެ ދުވަހު 30 މިނެޓުގެ ޓްރެޑްމިލް ވޯކްއައުޓެއް ކުރެއެވެ. މި ވޯކްއައުޓްގައި 1 މިނެޓު ހިނގުމަށްފަހު 2 މިނެޓު ވަންދެން ދުވެއެވެ. އޭނާ ބުނާގޮތުން މިއީ ހިތުގެ ދުޅަހެޔޮކަމަށާއި އާންމު ސިއްހަތަށްވެސް ވަރަށް ފައިދާހުރި ކަސްރަތެކެވެ.
މީގެ އިތުރުން، އޭނާ މިވަގުތު ކިޔަމުންދާ ކިންޑްލް ފޮތް "ފްލެޝް" ވެސް ވަނީ ފޭނުންނަށް ރެކޮމެންޑް ކޮށްފައެވެ.




