
68 އިމާމުންނާއި އެކު އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމު މިފަހަރު އައްޑޫގައި!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ--
އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ އިމާމުންނަށް ޚާއްސަ ޕްރޮގްރާމް ފަށައިފި އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބުނީ އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމުގައި އައްޑޫއިން ޖުމްލަ 68 އިމާމުން ބައިވެރިވާ ކަމަށެވެ.
މި ޕްރޮގުރާމުގަކީ ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގުރާމުގެ ތެރެއިން އިމާމުންގެ ޝަޚްޞިއްޔަތު ބިނާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ.
އިމާމުން ތަމްރީނުކުރުން ނުވަތަ ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ތެރެއިން ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނުކޮށް ނިންމުމެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ 500 އަށްވުރެ ގިނަ އިމާމުން ވަނީ މި ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.
އިމާމުން ތާޒާކުރުމާއި، އިމާމުންނަށް އިތުރު ތަމްރީން ދިނުމާއި، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައި އަދި ޚުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބާރުއަޅުއްވާކަމެއް ކަމަށް އިސްލާމި ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު ޕްރީ ސްކޫލް ދަރިވަރުންނާއެކު އުފާވެރި ވަގުތުކޮޅެއް!

މަސްޖިދުއްނަބަވީގެ އިމާމު، ވަޒީރު ޝަހީމްއާއި ބައްދަލުކުރައްވައިފި

ޑރ. ޞަލާޙުލް ބުދައިރުގެ ޙާއްސަ ދަރުހެއް ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި!
