







ރޭގައި ސިނަމާލެއަށް އުރުނު ބޯޓު
ސިނަމާލެ ބްރިޖަށް ރޭގައި އުރުނު ބޯޓު ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތުގައި އަޑިއަށް ގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ މާލޭ ބަނދަރުގައި އޮތް 2 ބޯޓު، ރޭ ބުރިޖުގެ ދަށުން އޮޔާގޮސް މާލެއަތޮޅުން ބޭރަށްދާތީ، ބޯޓުގައި ތިބި 9 ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށެވެ.
ތެޔޮއުފުލާ މި 2 ބޯޓަކީ ވަރަށް ބައުވެފައިވާ 2 ބޯޓަށް ވުމާއިއެކު، މި 2 ބޯޓު ދިޔަވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މި 2 ބޯޓު މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް ބުންޏެވެ.
މި ހާދިސާާއާއި ގުޅިގެން ރޭ އަދި މިއަދު ހެނދުނު ބްރިޖަށް އެއްވެސް ގެއްލުމެއްވެފައިވޭތޯ އިންސްޕެކްޓްކޮށްފައިވެ އެވެ. ހައުސިންގް މިނިސްޓަރު ޑރ.އަބްދުﷲމުއްތަލިބު ވިދާޅުވެފައިވަނީ އިންސްޕެކްޓް ކޮށްގެން ބެލިއިރު، ބްރިޖްގެ ސްޓްރަކްޗުރަލް އަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމާއި، ހަމައެކަނި ކޫރުންތަކެއް އެޅިފައި ހުރިކަމަށެވެ.




