
-
ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށާއި, އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ އިލެކްޝަންސް ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ކަނޑައެޅުއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން އިދިކޮޅުން ވަނީ ސަރުކާރަށް ފާޑު ކިޔުން އަމާޒުކޮށްފައެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ, ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާ ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ކުރިޔަށް އޮތް ތާނގައިވެސް އެފަދަކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ, އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ކަމަށެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން އޭސީސީ އާއި އީސީ އަށް ރައީސް އާއި ނައިބު ރައީސް އައްޔަންކުރަނީ އެ ކޮމިޝަންތަކުގެ މެމްބަރުންގެ މެދުގައި ވޯޓު ނަގައިގެންނެވެ. ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން އެ ކޮމިޝަން ތަކުގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަން ވާނެ ކަމަށެވެ. އަދި ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވުމުން މަޖިލީހުން ފާސްކުރަން ޖެހެއެވެ.
ގުޅުންހުރި

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ ގަރާރު ފާސްކުރުމުން ރައީސްގެ މަރުހަބާ!

ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް!
.jpg&w=3840&q=75)
ފްރާންސްގެ އައު ބޮޑުވަޒީރަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
