
ވާދަވެރި ކުޅުމަކަށްފަހު އެޗްވައިސީ އިން ޕްރޯ އެސްއޭ ބަލިކޮށްފި
# ހޭންޑްބޯލް މޯލްޑިވްސް# ގައުމީ ހޭންޑްބޯޅަ މުބާރާތް 2024# ދިވެހި ކުޅިވަރުޕްރޯ އާއި އެޗްވައިސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގްރެފިކްސް
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ޑީގައި މިރޭ ޕްރޯ ސްޕޯޓްސް އެކަޑަމީ އާއި ހުޅުމާލޭ ޔޫތު ކުލަބު (އެޗްވައިސީ) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 14-15 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެޗްވައިސީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތަރު ލަނޑުގެ ލީޑަކާއެކު 8-4 ގެ ނަތީޖާއަކުން އެޗްވައިސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޕްރޯ ސްޕޯޓްސް އެކަޑަމީ އިން ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި އެޓީމުން އިތުރު 10 ލަނޑު ކާމިޔާބިކުރިއިރު، އެޗްވައިސީއަށް މިހާފުގައި ކާމިޔާބުކުރެވުނީ ހަތް ލަނޑެވެ.
އެގޮތުން މިމެޗުގައި އެޗްވައިސީގެ ހައްވާ ސުލައިމާން ހަތް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފަތިމަތު ސާރަތު ތިން ލަނޑު އަދި އާމިނަތު ޝުދާ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އައިޝަތު ނާޒިމާ، މަރިޔަމް އަރުޝާ އަދި މިލްހާނާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީމެ އިތުރުން މިމެޗުގެ ޕްރޯ ސްޕޯޓްސް އެކަޑަމީގެ ޝާހިޔާ އާދަމް ހަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު މިންހާ މުހައްމަދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އަޝްފާ އާދަމް، މަރިޔަމް ދީނާ، އާސިޔަތު އަހުމަދު، ނަޒުމާ އަހުމަދު، އާމިނަތު ސަމްރާ އަދި އަންހާ ނިޒާމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއް ލަނޑު ކާމިޔާބިކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްވައިސީގެ އަރީން އަހުމަދު އަބްދުﷲ އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
ގުޅުންހުރި

ހަބޭސް އެންޖީ ކަޓުވާލުމަށްފަހު ސެމީގެ ފަހު ޖާގަ މައިލޯ ސިޓީއަށް

ވާދަވެރި ކުޅުމަކަށްފަހު އެފްސީ ހަބޭސް ބަލިކޮށް ފްރެންޑްސް ކުލަބު ސެމީފައިނަލުން ޖާގަ ހޯދައިފި

ތަފާތުބޮޑު ނަތީޖާއަކުނަ އެމްއެފް ޔުނައިޓެޑް ބަލިކޮށް ރަސްގެދަރަ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
