

.jpg?w=3840&q=75)






ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރި ހިންގި މައްސަލާގައި ހައްޔަރުކުރި މީހުން- ފޮޓޯ: ފުލުހުން
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި 6 މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ އޮފީހަށް) ފޮނުވައިފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ކ.މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، މިދިޔަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގެ 13:00 ހާއިރު މީހަކު ބަލައިފާސްކުރަމުންދަނިކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާއި، ފުލުހުންނަށް ހަމަލާދީ މާރާމާރި ހިންގިކަމުގެ ތުހުމުގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޮގަސްޓު 11 ވަނަ ދުވަހު، މާރާމާރީ ހިންގި ސީން އިން ހެވަން / ކ. މާފުށި، މުޙައްމަދު ޝާބިން ޝުޖާޢު (18އ) ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާތީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ ސްޓާރލައިން / ކ. މާފުށި، އަބްދުﷲ ނިހާދު (30އ) އާއި، ގްރީންޕާރކް / ކ. މާފުށި، އިބްރާހީމް ސުނީޒް (41އ) އާއި، ވާރޭވިލާ / ކ. މާފުށި، އަޙްމަދު އަހުނަފް އަސްފާޤު (24އ) އާއި، ފާއިޒާމަންޒިލް / ކ. މާފުށި، ޙަސަން ނަބީލު (32އ) އަދި ގްރީންޕާރކް / ކ. މާފުށި، މުޙައްމަދު ޝައިޙާން (21އ) ކަމަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން ކަމަށްވެސް ފުލުހުން ފާހަގަކުރި އެވެ.
ފުލުހުން ބުނީ އަބްދު ﷲ ނިހާދު (30އ) މިދިޔަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި އަންނަ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އަދި އިބްރާހީމް ސުނީޒް (41އ) ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 15 ވަނަ ދުވަހުކަމަށް ފުލުހުން ފާހަގަކުރިއިރު، އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
މީގެއިތުރުން އަޙްމަދު އަހުނަފް އަސްފާޤު (24އ) އޮގަސްޓު 19 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި މުޙައްމަދު ޝައިޙާން (21އ) އޮގަސްޓު 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވާކަން ފުލުހުން ފާހަގަކުރިއިރު، އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ ޙަސަން ނަބީލު (32އ) ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 29 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 21 ވަނަ ދުވަހުކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.


.jpg?w=3840&q=75)





