
އެއާރޕޯޓް ރެޕްސް ރެކްރިއޭޝަން ކުލަބުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު އޭއާރުއާރުސީ ފުޓްސަލް ކަޕް 2026 ގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސައިފިއެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރާއެކު ސޮއިކުރުމަށް ގާފު މީޑިއާ ގުރޫޕް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި އޭއާރުއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޓްރެޝަރާ އަލީ އަސްވަދު އެވެ. އަދި މިއެއްބަސްވުމުގައި ގާފު ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ ގާފު މީޑިއާ ގުރޫޕްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝުރާއު އެވެ.
މި މުބާރާތަކީ ރިސޯޓް ރެޕުންނާއި ޓްރަވަލް އެޖެންސީތަކާއި ގުޅުން ބަދަހިކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ކުޅިވަރުގެ ތެރެއިން ދުޅަހެއޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން އޭއާރުއާރުސީ އިން އިންތިޒާމުކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ.
25 ސެޕްޓެމްބަރު 2026 އިން 07 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭގޮތަށެވެ.









.jpg?w=3840&q=75)