logoEN
cocacola
ކްރިޝްނާއަށް ބޭބެ ޓައިގާ ޝްރޮފްގެ ޚާއްސަ މެސެޖެއް!

ކްރިޝްނާއަށް ބޭބެ ޓައިގާ ޝްރޮފްގެ ޚާއްސަ މެސެޖެއް!

ސާރާ އަހުމަދު

logo

9/17/2024, 4:10:00 AM

# ބޮލީވުޑް

--

ޚަތުރޯން ކޭ ކިލާޅީ 14 މިހާރު އޮތީ ޝޯގެ އެންމެ ފަހު މަރުހަލާގަ އެވެ. ކުރިއަށް އޮތް ހަފުތާގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސެމީ ފައިނަލު ފެނިގެންދާނެއެވެ.

ގޮސިޔާ

މިއީ ފިނާލޭގެ ޖާގައެއް ހޯދުމަށް ބައިވެރިން ބައްދަލުކުރާނެ އެންމެ ފަހު ފަހަރެވެ.

މުބާރާތް ވަރުގަދަވުމުގެ ކުރިން ބައިވެރިން މޯޓިވޭޓް ކުރުމުގެ ގޮތުން ޕްރޮޑިއުސަރުން ވަނީ ބައިވެރިންނަށް އެބައިވެރިން ލޯބިވާ މީހުންނަށް ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތު ދީގެން ސަޕްރައިޒެއް ހަމަޖައްސައިދީފަ އެވެ.

މަޝްހޫރު އެކްޓަރ ޓައިގާ ޝްރޮފްގެ ކޮއްކޮ ކްރިޝްނާ ޝްރޮފަކީވެސް މި ޝޯވ ގެ ބައިވެރިއެކެވެ. ކްރިޝްނާއަށް ވަނީ ޓައިގާގެ ފަރާތުން މެސެޖެއް ލިބިފައިއެވެ.

އެގޮތުން އާ ޕްރޮމޯގައި ފެންނަ ގޮތުގައި ކްރިޝްނާ އަށް ޓައިގާ ޝްރޮފް ތައުރީފު ކުރާތަން ފެނެއެވެ.

އެގޮތުން، ކްރިޝްނާ ޝޯގައި ބައިވެރިވާ ވާހަކަ ބުނުމުން ވަރަށް މަލާމާތްކުރެވުނުކަމަށެވެ. އަދި ކޮއްކޮއަށް ހިތްވަރުދެމުން ޓައިގާ ޝްރޮފް ބުނީ ކްރިޝްނާއަށް އަބަދުވެސް އޭނާ ކިޔަނީ ފިނޑި ހިތެއްގެ މީހެއް ކަމަށާއި އެކަމަކު ކްރިޝްނާ ކުރި ސްޓަންޓްތަކުގެ ދެބައިކުޅަ އެއްބައި ވެސް އޭނާ އަށް ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ.

ކުރިއަށް އޮތް އެޕިސޯޑްތަކުގައި ގާޝްމީރު މަހާޖާނީ، ނިމްރިތު ކޯރް އަހްލޫވާލިއާ، ޝަލިން ބަނޯޓް، ނިޔަތީ ފަތުނާނީ، ކްރިޝްނާ ޝްރޮފް، ސުމޯނާ ޗަކްރަވަރުތީ އަދި އަބީޝެކް ކުމާރު ފިނާލޭއިން ޖާގަ ހޯދައި ކަރަން ވީރް މެހެރާއާ ގުޅެން އެކަކު އަނެކަކާ ވާދަކުރާ ތަން ފެންނާނެ އެވެ.

ޝޯގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ 28 ސެޕްޓެމްބަރު ގައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ