logoEN
cocacola
185 އެތްލީޓުންނާއިއެކު 33 ވަނަ ޤައުމީ އެތްލެޓިކްސް މުބާރާތް މާދަމާ ފަށަނީ

185 އެތްލީޓުންނާއިއެކު 33 ވަނަ ޤައުމީ އެތްލެޓިކްސް މުބާރާތް މާދަމާ ފަށަނީ

ހަސަން ޝަމްއޫން

logo

9/4/2024, 1:49:44 PM

# ދިވެހި ކުޅިވަރު # ގައުމީ އެތްލެޓިކްސް މުބާރާތް 2024

ނޭޕާލްގެ ސަންތޯޝީ ސަރަސްތާ (ކ) ތަޖުރިބާކާރު ކޯޗު ނަސްރު އާއެކު

33 ވަނަ ޤައުމީ އެތްލެޓިކްސް މުބާރާތް މާދަމާ ހެނދުނު ފަށާއި މިއަހަރުގެ މުބާރާތުގައި ޖުމްލަ 185 އެތްލީޓަކު ވަނީ ބައިވެރިވެފައެވެ.

ގޮސިޔާ

05 ސެޕްޓެންބަރު 2024 އިން 07 ސެޕްޓެންބަރު 2024 ގެ ނިޔަލަށް މާލޭ ސިޓީ، ކުޅިވަރު އެކުވެނީ ޓްރެކް ދަނޑުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި 15 ޓީމަކުން ޖުމްލަ 64 އެތްލީޓަކު ބައިވެރިވެފައިވާއިރު، ފިރިހެން ޑިވިޝަނުގައި 18 ޓީމަކުން 121 އެތްލީޓުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ މުބާރާތުގައި ނިސްބަތުން ބައިވެރިވި އެތްލީޓުންގެ އަދަދު މަދުވި ނަމަވެސް މިމުބާރާތަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް ބިދޭސީ އެތްލީޓުނަ ފެނިގެންދާނެ އެއް މުބާރާތެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވެފައިވާ ބިދޭސީ އެތްލީޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އެތްލީޓަކީ ނޭޕާލްގެ ސަންތޯޝީ ސަރަސްތާ އެވެ.

އައިލެންޑް ރަނާސް މޯލްޑިވްސްގެ ޓީމުގައި ހިމެނޭ ސަރަސްތާ ވަނީ އެންމެ ފަހުން ބޭއްވުނު ސައުތު އެޝިއަން ގޭމްސްގެ 10،000 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި މީގެ އިތުރުން މިހާރު ވެސް ނޭޕާލްގެ ގައުމީ ފުލް މެރަތަން، ހާފް މެރަތަން، 10،000 މީޓަރު އަދި 5000 މީޓަރުގެ ގައުމީ ރެކޯޑް އޮތީ ސަރަސްތާ އަތުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ