.jpg?w=3840&q=75)





.jpg?w=3840&q=75)
ކުށް މަދު، ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސްކޫލް ދަރިވަރުންގެ އަޚްލާޤު ހިފެހެއްޓުމާ ގުޅޭގޮތުން މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން މުހިންމު އެންގުމެއް އަންގައިފިއެވެ.
ރ. ވާދޫ ކައުންސިލްގެ އިދާރާއިން ނެރުނު ދެންނެވުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ހަރުދަނާ ޖީލެއް ބިނާކުރުމަށް މަދަރުސީ ދައުރުގައި ކުދިންނަށް ދެވޭ ތަރުބިއްޔަތަކީ ނުހަނު މުހިންމު އެއްޗެކެވެ. ނަމަވެސް، އެ ރަށުގެ ބައެއް ދަރިވަރުންގެ ފަރާތުން ކަންބޮޑުވާންޖެހޭ ފަދަ ޢަމަލުތަކެއް ފެންނަމުންދާތީ، އެކަންކަން ހައްލުކުރުމަށް ކައުންސިލުން ވަނީ ޚާއްޞަ އިލްތިމާސްތަކެއް ކޮށްފައެވެ.
މިގޮތުން ކައުންސިލުން އެދިފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި:
ވާދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ، މި އުޞޫލުތަކާ ޚިލާފުވާ ދަރިވަރުންގެ ކަންކަން މިހާރަށްވުރެ ގާތުން ބަލައި، ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ. އަދި ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވަމުން، މިފަދަ ކަންކަމުގައި ދަރިންގެ ކަންކަމަށް އިތުރަށް ސަމާލުވެ، ފަރުވާތެރިވުމަށް ހުރިހާ ބެލެނިވެރިންނަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
.jpg?w=3840&q=75)



.jpg?w=3840&q=75)

.jpg?w=3840&q=75)
